މާލޭގައިހުރި ކެމިކަލް ގުދަންތައް ހުސްކުރަން ތިންމަސް ހޭދަވާނެ: އަސްލަމް

މިނިސްޓަރ އަސްލަމް

މާލޭގައި ކެމިކަލް ރައްކާކޮށްފައިވާ ގުދަންތައް ހުސްކުރުމަށް ތިންމަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެފަދަ ކަންކަމަކީ ވަގުތުން ކޮށްލެވޭނެ ކަމްކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް ތިން މަސްތެރޭގައި އެކަން ކުރެވޭނެ ކަމަށް ބެލެވޭ ކަމަސް މިނިސްޓަރ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނެތަސް ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައެވެ. އެ ހާދިސާގައި 7 ގެއާއި 4 ގުދަނަކަށް ވަނީ ގެއްލުން ވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރުވަނީ ކެމިކަލް ގުދަންތައް މީހުން އުޅޭ ސަރަޙައްދުން ބޭރުކުރުމަށް ނިންމަވައިފައެވެ. އެކަމަށް ކުރީގެ ސަރުކާރުންވަނީ އިންޑަސްޓްރިއަލް ޒޯނެއް ހަދައިފައެވެ. އެހެންނަމަވެސް މިނިސްޓަރ އަސްލަމް ވިދާޅުވީ އެއީ އެފަދަ ގުދަންތަކަށް އެކަށގެންވާ ތަނެއް ނޫންކަމަށެވެ. އެތަން ސާފު ކުރުމަށްފަހު ބޭނުންކުރައްވާނީ ހެވީވެހިކަލްތައް ޕާކުކުރާނެ ތަނެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.