އާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނަށް އިޞްލާހު ގެނައުމަށް މަޖިލީހަށް ބިލެއް

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނަށް އިޞްލާހުގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ކުރައްވައިފިއެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރެވެ.

އާމު ޤަވާއިދުތަކާ ބެހޭ ޤާނޫނަކީ އާޤާނޫނު އަސާސީ ތަސްދީޤް ކުރިއިރު ޤާނޫނަކުން ބާރު ލިބިފައި ނުވާ ޢާއްމު ޤަވާއިދުތަކަށް ޤާނޫނީ ބެލެނިވެރިކަން ދިނުމުގެ ގޮތުން ފާސްކުރި ޤާނޫނެކެވެ. އެޤާނޫނު ފުރަތަމަ އެކުލަވާލެއްވީ 2008 ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަށެވެ. އޭރު ޤާނޫނުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތީ 165 ޤަވާއިދެކެވެ، ނަމަވެސް އެ ދެއަހަރު ފާއިތުވެ ދިޔައިރުވެސް އެޤަވާޢިދުތަކަށް ޤާނޫނީ ބާރެއް ނުދެވެއެވެ. އެހެންކުން އަނެއްކާވެސް ޤާނޫނުގައިވާ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ.  މިހާރު އެޤާނޫނުގެ ބެލެނިވެރިކަމުގެ ދަށުގައި ވަނީ 21 ޤަވާޢިދެކެވެ. އެޤަވާއިދު ތަކަކީ މިހާރުވެސް ސަރުކާރު ހިންގުމަށް ބޭނުން ކުރާ ޤަވާޢިދު ތަކެކެވެ.

ބިލް ހުށަހަޅުއްވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރ ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން އެޤާނޫނަށް މުއްދަތު އިތުރުކުރަމުންދާކަމުގައެވެ. މިބިލަކީ ކުރީގެ މަޖިލީހަށްވެސް ހުށަހަޅައި ބަހުސް ކުރެވިފައިވާ ބިލެއްކަން އާމިރު ފާހަގަ ކުރެއްވިއެވެ.  މިބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަން ހާމަ ކުރައްވާ ބިލް ހުށަހެޅި މީހާއަށް ނުވިސްނާ މައިގނޑު މަފްހޫމްތަކަށް ވިސްނަވާ ބިލާ މެދު ގޮތެއް ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. ބިލް ހުށަހަޅުއްވައުފައިވަނީ ޤަވާއިދުތައް އާންމުކޮށް ޝާއިޢުކުރުމުގެ މާއްދާ އިޞްލާޙު ކުރުމަށެވެ.

ބިލްގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޤާނޫނީ ބާރު ލިބެންޖެހޭ ހުރިހާ ޤަވާއިދު އުވާލައްވަން ޖެހޭ ކަމުގައެވެ. އަދި ކުރީގެ ސަރުކާރުތަކުންނާއި މަޖިލީހުންވެސް އެޤަވާއިދުތަކަށް ޤާނޫނުތައް ނުހަދައި އެޤާނޫނުތަކުގެ ބެލެނިވެރި ޤާނޫނުގައި މުއްދަތު އިތުރުކޮށްފައިވާތީ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަރަދޫ ދާއިރާގެ މެމްބަރ އިބަރާޙީމް ޝަރީފު ވިދާޅުވީ އެޤަވާއިދުތަކަށް ޤާނޫނުތައް ނަހަދާ އަނެއްކާ ވެސް ބެލެނިވެރި ޤާނޫނަށް އިޞްލާޙު ގެނައުމަކީ ސަރުކާރާއި މަޖިލީހުގެ ވެސް ފެއިލް ވުމަށްކަށް ނޫނީ ނުވާނެކަމުގަވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.