ތޫނު ހަތިޔާރާއެކު މަރަދޫން ދެ މީހަކު ބަންދު ކޮށްފި

ތޫނު ހަތިޔާރާއެކު އައްޑޫ ސިޓީ މަރަދޫ އިން 2 މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހަތިޔާރާއެކު އަތުލައިގެންފައިވަނީ ޢުމުރުން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.

މި ދެމީހުން ބަންދުކޮށްފައިވަނީ އެރަށުގައި ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން މިއަދު ހެނދުނު 11:30 އެހައިކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި  ކޯޓުއަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރުމަށްފަހު އެގެއިން ތޫނު ހަތިޔާރު ފެނުމުންނެވެ.

ފުލުހުން ބަލައި ފާސްކުރި ގެއިންވަނީ ކަނޑިއަކާއި، 3 ވަޅިއާއި، ތިލައަކާއި އިންޖެކްޝަނަކާއި ޕޮކެޓް ނައިފަކާއި، މާސްކެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރަށް މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓު ވެސް ފުލުހުން ވަނީ ހޯދައިފައެވެ. ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.