އާޓިފިޝަލް ބީޗު ސަރަހައްދުން ތޫނު ހަތިޔާރުތަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މިތަކެތި ފެނިފައިވަނީ އާޓިފިޝަލް ބީޗުގައި ކުރީގެ ޑައިންމޯ ހުރިތަނުން ކަމަށެވެ.
ފުލުހުން ވިދާޅުވީ އެއީ ފޮރުވާފައިހުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ. މިތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިތަކެތި ފެނިފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމެއް ނުވަތަ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެއެވެ. އަދި މިކަމުގައި އެއްވެސް ބައެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ކަމަށް ވެސް ވިދާޅެއް ނުވެއެވެ.