ލަޔަން ކިންގް އަށް ހިންދީ ބަހުން އަޑު އަޅަމުން އަންނަ ކަމަށް ޝާހް ރުކް ޚާން ބުނެފިއެވެ. ކިންގް މުފާސާ އަށް ޝާހް އަޑު އަޅާ އިރު މުފާސާގެ ދަރި ސިމްބާ އަށް އަޑު އަޅަނީ ޝާހްގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން އެވެ. ޝާހްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ލަޔަން ކިންގަކީ އޭނާގެ އާއިލާ އަށް ވަރަށް ކަމުދާ ފިލްމެއް ކަމަށެވެ. އަދި އާއިލާގެ ހުރިހާ މެންބަރުންގެ ހިތުން ވަރަށް ޚާއްޞަ ޖާގައެއް ފިލްމަށް ދީފައިވާކަމަށެވެ.
މި ޕްްރޮޖެކްޓާ ބެހޭ ގޮތުން މީެ ކުރިން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް އިއްޔެ މެންޗެސްޓަރގައި ޕާކިސްތާނާއި އިންޑިއާ ކުޅުނު މެޗު ބަަލަން އޭނާ ސްޓޭޑިއަމަށް ދިޔައީ މުފާސާގެ ނަން ޖަހާފައިވާ ޖަރޒީ އެއް ލައިގެންނެވެ. އާރްޔަންގެ ޖާރޒީގައި އޮތީ ސިމްބާގެ ނަމެވެ. ސްޓޭޑިއަމްގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ޝެއަރ ކުރަމުން ޝާހް ރުކް ބުނެފައިވަނީ ބައްޕައެއްގެ ހައިސިއްޔަތުން، މުފާސާ އޭނާގެ ދަރިފުލާ ސިމްބާ އާއި ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށް ޝާހް ރުކް ބުނެފައިވެއެވެ.
ވޯލްޓް ޑިސްނީ ސްޓޫޑިއޯ އިން ވަނީ ޝާހް ރުކް ޚާން އާއި ދަރިފުޅު ލަޔަން ކިންގް ބައިވެރިވާކަމަށް ބުނެ ޓުވީޓުކޮށްފައެވެ.
ލަޔަން ކިންގް ސިނަމާގައި އަޅުވާނީ އަންނަ ޖުލައި މަހު އެވެ،