"ޒީރޯ' ގެ އިސަގްބާޒީ (އިޝްގްބާޒީ) ލަވައިގައި ޝާހް ރުކް ޚާން އާއެކު މެހެމާނެއްގެ ގޮތުގައި ސަލްމާން

ޝާހް ރުކް ޚާން އާއި ސަލްމާން ޚާން ވަރަށް މަދުން ނޫނީ ނުފެނެއެވެ. ނަމަވެސް ފިލްމު "ޒީރޯ'ގެ ލަވަ "އިސަގްބާޒީ' ގައި މިއަދު އޮންލައިންކޮށް އާއްމުކޮށްފައިވާ އިރު މި ލަވއިގައި މި ދެ ތަރީން އެކުގައި ފެންނަނީ އެއް ނޫނެވެ. ލަވައަކަށް ފައި ހަމަ ކުރަނީއެވެ.

އިސަގްބާޒީގެ ފޮޓޮއެއް ފިލްމު އުފައްދާ ފަރާތުން އީދު ތެރޭގައި އާއްމު ކުރުމާ އެކު ސަލްމާނާއި ޝާހް ރުކް އަށް ތާއީދު ކުރާ މީހުން ތިބީ މި ލަވަިއގެ އިންތިޒާރުގައެވެ. އަޖޭ އަތުލް ކޮމްޕޯޒްކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ސުކްވިންދަރްސިންހް އާއި ދިވްޔާ ކުމާރް އެވެ. ލަވަ ހަދާފައިވަނީ އިރްޝާދް ކާމިލް އެވެ.

ޒީރޯ ގައި ޝާހް ރުކް ޚާން ކުޅެފައިވަނީ އިސްކޮޅުން ކުރު މީހެއްގެ ރޯލެވެ. ޝާހް ގެ އިތުރުން ލީޑް ރޯލު ކުޅެފައިވަނީ ކަޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ. ސަލްމާން ޚާން ފިލްމުގައި ސަލްމާން ފެނިލަނީ މެހްމާނެއްގެ ގޮތުގައެވެ. ފިލްމު ސްކްރީންގައި އަޅުވާނީ މި މަުގެ 21ވަނަ ދުވަހުއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.