އިނގުރައިދޫ ދާއިރާގެ މެމްބަރަށް އެކްސިޑެންޓެއްގައި އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހަށް މިފަހަރު އަލަށް އިންތިޚާބުވެވަޑައިގެންނެވި ރ. އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު ދުއްވަމުންދިޔަ ސައިކަލު އެކްސިޑެންޓްވެ އޭނާއަށް އަނިޔާ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު ހަސަން ދުއްވަން އިންނެވި ސައިކަލު އެކްސިޑެންޓްވީ ކުއްލިއަކަށް މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިން ސައިކަލް ނައްޓަން އުޅުއްވުމުގެ ތެރޭގައި ސައިކަލު ކަހާލައިގެން ވެއްޓިއެވެ.

އެކްސިޑެންޓުވުމާއެކު އެސަރަހައްދުގައި ހުރި ފުލުހަކު ވަނީ އޭޑީކޭއަށް ހަސަން ގެންގޮސްފައެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯ ތަކުން ފެންނަ ގޮތުގައި ހަސަންގެ ވާތު ފަޔާއި ނިއްކުރިއަށް ވަނީ އަނިޔާ ވެފައެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމަށް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ކުއްލިއަކަށް މަގު ހުރަސް ކުރަން އުޅުނު މީހަކު ގައިން ނައްޓަން އުޅެނިކޮށް އަނިޔާވި ނަމަވެސް އެ އެކްސިޑެންޓްގައި އެއްވެސް މީހެއްގެ މައްޗަށް މައްސަލަ ޖައްސަވަން ހަސަން ބޭނުންފުޅުނޫން ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.