މާދަމާއިން ފެށިގެން މޫސުން ގޯސްވާނެތީ ސަމާލުވުމަށް އަންގައިފި

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާތީވެ މަދަމާ ހަވީރުން ފެށިގެން ކުރިއަށްއޮތް 72 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އޮފީހުން އަންގައިފިއެވެ.

"ޢާއްމުކޮށް ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް ދަނަންވަމެވެ." މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް އެވަގުތު ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލޭ ދެމެދުގެ ބާރު މިނުގައި ކަމަށް މޫސުމާބެހޭ އޮފީހުން މަޢޫލޫމާތު ދެއްވިއެވެ.

ވިލާގަނޑުގައި ގަޑުއަކު 45 މޭލު ބާރު މިނަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ. މެދުތެރެއާއި އުތުރުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ ވިލާގަނޑުގައި ކަމަށް ވެސް މެޓު އޮފީހުން ހާމަކުރައްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.