އާފަތިސް ބަދިގެ: އާފަލު ޕޭންކޭކް

ބޭނުންވާނެ ބާވަތްތައް: 

1 ރަތް އާފަލު، ހަތަރުފަޅިކޮށް، ތުނިކޮށް ކޮށާފައި

4 މޭޒުމަތީ ސަމުސާ ހަކުރު

5 މޭޒުމަތީ ސަމުސާ ބަޓަރު

1 މޭޒުމަތީ ސަމުސާ ފޮނިތޮށި

1/3 ސައިސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

3 ބިސް، ގިރާފައި

1 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ކިރު

¾ ޖޯޑު ފުށް

¼ ސައިސަމުސާ ތަކޫވަށް، ގާނާފައި

2 މޭޒުމަތީ ސަމުސާ އައިސިން ހަކުރު

މެޕަލް ސިރަޕް، އިޚްތިޔާރީ

ފޮނިތޮށި ހަކުރު، އިޚްތިޔާރީ

ތައްޔާރުކުރާނެ ގޮތް:

150 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރާށެވެ. ކޮށާފައި ހުރި އާފަލާއި، 2 މޭޒުމަތީ ސަމުސާ ހަކުރާއި ފޮނިތޮށި، ލޮނު އަދި ލުނބޯ ހުތް އެޅުމަށްފަހު ކޮށާފައި ހުރި އާފަލުގެ ބޭރުގައި އުނގުޅޭ ގޮތަށް ފުށުން ޖަހައި ހަލުވާށެވެ. ދެން މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ބަޓަރު ވިރުވުމަށްފަހު އޭގެތެރެއަށް އާފަލު އެއްކުރާށެވެ. އާފަލުގެ ބޭރުގައި އުނގުޅާފައި ހުރި ހުރިހާ ބާވަތެއް ހަކުރާއެކު ވިރި، އާފަލު މަޑުވަންދެން ކޮށާށެވެ. ފަސް ވަރަކަށް މިނެޓު ފަހުން އުނދުންމަތިން ނަގާށެވެ.

ދެން ބިހާއި އެސެންސާއި، ކިރު، އަދި ފުށާއި ބާކީ ހުރި ހަކުރާއި ތަކޫވައް އަދި ލޮނުކޮޅު ގިރާށެވެ.

ކުޑަ ތާހެއް އުނދުން މައްޗަށް އުދައި 3 ސަމުސާ ބަޓަރު ވިރުވާށެވެ. ބަޓަރު ވިރުމުން ގިނި މަޑުކުރުމަށްފަހު ބަޓަރުގެ ކުލަ މަޑު މުށި ކުލައަކަށް ވަންދެން ހޫނުކުރާށެވެ. ކުލަ ބަދަލުވާން ފެށުމުން އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ފުށްގަނޑު އޮއްސާލާށެވެ. ދެން އޭޭގެ މަތީގައި އާފަލު އެތުރުމަށް ފަހު އަވަނަށް ލާށެވެ. 15 މިނެޓު ނުވަތަ 20 މިނެޓު ވާއިރު ފިހެވޭނެއެވެ.

ދެން އަވަނުން ނަގައި މައްޗަށް އައިސިން ހަކުރު ފުރާނާލާށެވެ. ބާކީ ހުރި އާފަލު ޕޭންކޭކާއެކު ސާވްކުރާށެވެ. ކާން މޭޒުމައްޗަށް ނަގާއިރު ކުރާއިރު ފޮނިތޮށި ހަކުރާއި (ފޮނިތަށި ކުނޑިއާއި އައިސިން ހަކުރު އެއްކޮށްފައި) މޭޕަލް ސިރަޕް ވެސް ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.