ނަވާރަ ވަނަ މަޖިލީހުން ރައްޔިތުންގެ ޙާލަތު ރަނގަޅު ކޮށްދޭނެ: އިންތި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި ބިލްތަކެއް ފާސް ކުރައްވައި ރައްޔިތުންގެ ޙާލަތު "ބޮޑު ތަނުން" ރަނގަޅު ކޮށްދެއްވާނެ ކަމަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރުދާއިރާގެ މަޖިލީސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ އެކަން އެގޮތަށް ކުރެއްވުމަށް ރައްޔިތުން ވަނީ ސަރުކާރަށް ބާރުދީފައެވެ.

"ރާއްޖޭގެ ޑިމޮކްރަސީއާއި ޙައްޤުތަކާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ރައްޔިތުން އެވަނީ ބާރުވެރިކަން ދީފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ބޮޑުތަނުން ރަނގަޅު ކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.

ނަވާރަވަނަ މަޖިސް ވެގެންދާނީ އުންމީދީ، އުފެއްދުންތެރި މަޖިލީހެއް ކަމަށާއި ރައްޔިތުންނަށް ފައިދާކުރަނިވި ބިލްތަކެއް ހުށަހެޅި ފާސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ފަހި ގޮތްތައް މެދުވެރިވެރިވެގެން އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ 60 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް މިހާތަނަށް ޕާޓިއަކަށް ލިބިފައިނުވާވަރުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.