ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓުން: އީސީ

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހުށަހަޅަން ދީފައިވާ ސުންގަނޑި ހަމަވިއިރު ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. މާލީ ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުންނެވެ.

މާލީ ބަޔާންތައް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހަމަވެފައިވަނީ ރޭ 12:00 އާ ހަމައަށެވެ. ވަގުތު ހަމަވިއިރު މާލީ ބަޔާން ހުށަނަހަޅަނީ އަމިއްލަގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި ޕީއެންސީގެ ކެންޑިޑޭޓަކާއި ޢަދާލަތު ޕާޓީގެ ކެންޑިޑޭޓަކާއި، ލޭބަރ ޕާޓީގެ 2 ކެންޑިޑޭޓަކާއި، އެމްޓީޑީގެ 2 ކެންޑިޑޭޓުންނެވެ.
މާލީ ބަޔާން ހުށަހެޅުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެކެވެ. އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު ބުނާ ގޮތުން ކެންޑިޑޭޓުން އިންތިޚާބުގައި ކުރި ޚަރަދާ ބެހޭ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އެރިޕޯޓުގައި އެމީހަށް ފައިސާ ލިބުނުގޮތަކާއި ޚަރަދުކުރިގޮތްތައް ވަރަށް ތަފްސީލްކޮށް ބަޔާން ކުރަންޖެހެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފައިވަނީ ސުންގަޑި ހަމަވުމުގެ ކުރިން އެޕާޓީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާފައިވާނެ ކަމަށެވެ. މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާމެދު އަޅާ ފިޔަވަޅެއްގެ ގޮތުގައި 2 އަހަރަށް ޖަލަށްވެސް ލެވިދާނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.