އެޖެންޑާ 19 އަށް ރައްޔިތުން ފުރިހަމަ ތާއީދު ލިބޭނެ: އަފްޝަން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު އެމްޑީޕީ ކެމްޕޭން ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަނުން ގެންދަވާ: ފޮޓޯ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅުން ނިކުންނަ ކެންޑިޑޭޓުންނާމެދު އެއްވެސް ޖެހިލުމެއްނުވާ ކަމަށާއި އެޖެންޑާ 19 ރައްޔިތުން ފުރިހަމައަށް ތާއިދުކޮށް އެއަށް ވޯޓު ދެއްވާނެ ކަމާމެދު ޝައްކެއްނެތް ކަމަށް އެމްޑީޕީގެ ކެމްޕޭން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝަން ވިދާޅުވީ އެޖެންޑާ 19 ގައި ހިމެނޭ ޤާނޫނީ އޮނިގަނޑަކީ ރައްޔިތުންގެ ބޭނުންތައް އެމީހުން ގާތަށް ގޮސްގެން އޮޅުފިލުވުމަށްފަހު އެކުލަވާލައިފައިވާ އޮނިގަނޑެއް ކަމަށެވެ. އެހެން ކަމުން އެޖެންޑާ 19 އަކީ އެކަންކަމުހެ ޙައްލު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާފު. އެމްޑީޕީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ހުށަހަޅާ އެޖެންޑާ19 ގެ 19 ޤާނޫނީ އޮނިގަނޑަކީ ޖުމުލަ ޙައްލެއް. އެޙައްލުތަކަކީ ރައްޔިތުންގެ ބޭނުންތަކާއި، އެދުންތައް، އެބައިމީހުންގެ ގާތަށް ގޮސް އޮޅުން ފިލުވައިގެން، އެކުލަވާލި ސިޔާސަތުތަކެއް ނަތީޖާ. އެހެންކަމުން އެޖެންޑާ19 އަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި، އިތުބާރު ދެއްވާނެ ކަމާމެދު ޝައްކެއްނުކުރަން،" އަފްޝަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕާޓީތަކުން ކެމްޕޭން ކުރަމުން ގެންދާއިރު އެންމެ ފާހަގަކޮށްލެވޭ މިންވަރަށް އެކަން ކުރަމުން ގެންދަނީ އެމްޑީޕީ އިންނެވެ. އެޕާޓީން ގެންދަނީ މާލެއާއި އަތޮޅުތަކުގައި ވަރުގަދައަށް ކެމްޕޭން ކުރައްމުންނެވެ. ކެމްޕޭން ތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އެޖެންޑާ ނަވާރައިގާ ފޮރުވިފައިވާ ބިރުހުރި ކަންންތައް ތަކެއް ވާ ކަމުގެ އިހްސާސްތަކެއް ކުރެވޭތީ އެޖެންޑާ ނަވާރައޭ މީހަކު ބުނެފިނަމް އަޅުގަނޑުގެ ގަޔައިން ދަނީ ހީބިހި ނަގައިގެން ސުބްހާނަﷲ ހަސްބުނަﷲ ވަނިއްމަލް ވަކީލް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.