މާރާމާރީއަކާ ގުޅުންހުރި ތިންމީހަކު ބަންދުކޮށް ދެ ސައިކަލް ޓޯކޮށްފި

މިރޭ މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ގުރޫޕަކުން ގެންގުޅުނު ވަޅި: ފޮޓޯ ޕޮލިސް

ދެ ގުރޫޕެއްގެ މެދުގައި މިރޭ ހިންގި މަރާމާރީއަކާ ގުޅިގެން ތިންމީހަކު ބަންދުކޮށްފިއެވެ.

މާލޭ އަލިކިލެގެފާނު މަގުގައި ހިންގި މި މާރާމާރީގައި 22 އަހަރުގެ ޒުވާނެއްގެ ބޮލުން ދެ އިންޗިއެއްހާވަރުގެ ތަނެއް ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޙާދިސާ ހިނގާފައިވަނީމިރޭ 12:45 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން މާރާމާރީ ހިންގަން ގެންގުޅުނު ވަޅިއެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ ތޫނު ހަތިޔާރު ހިފައިގެން ގްރޫޕް މާރާމާރީ ހިންގަން އުޅުނު އެމީހުން ދުއްވި ދެ ސައިކަލް ހުއްޓުވުމަށްފަހު ޓޯ ކޮށްފައިވާ ކަމަށެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ފުލުހުން ނުދެއްވައެވެ.

ފަހަކަށް އައިސް މާލެއާއާއި ބައެއް ރަށަރަށުގައިވަނީ ވައްކަމާއި މާރާމާރީ އިތުރު ވެފައެވެ. ފުލުހުން ވިދާޅުވީ މިކަންކަން ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.