ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މީހަކު ބަންދުކޮށްފި

މާލޭގެ ފިހާރައަކަށް ވަދެ ސޭޓަށް ވަޅިން ބިރު ދައްކައިގެން ފައިސާތަކެއް ފޭރުނު މީހަކު ބަންދުކޮށްފިއެވެ.

ފިހާރައިގެ ވަތްގަޑުގައި ހުރި ފައިސާތައް ފޭރިގަތުމަށްފަހު އެމީހާވަނީ ފިލައިފައެވެ. ފުލުހުން ވިދާޅުވީ އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ ފައިސަތަކާ އެކުގައި ކަމަށެވެ. އެމީހާ ފެނިފައިވަނީ ކޮންތާކުން ކަމާއި ފޭރިގެންފައިވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި ޙާދިސާ ހިންގާފައިވަނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ފިހާރަކަށް ވަދެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ބަންދު ކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެއްސެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.