އެއީ މުޢާޒު ދެއްކެވި ވާހަކަތަކެއްނޫން، އެމްއެމްޕީއާރުސީގެ ފައިސާ ދެއްކިވާހަކަ: ޢުމަރު

ޢުމަރު ނަސީރު

ފިނިފެންމާ ލޯޗުގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭ ގޮތުން ރައީސްއޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ ދެއްކެވި ވާހަކަތަކަށް އޭރުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޖަވާބު ދެއްވައިފިއެވެ.

ޢުމަރު ވިދާޅުވީ މުޢާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށެވެ. އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށް ޢުމަރު ވިދާޅުވިއެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ޢުމަރު ވިދާޅުވީ އޭނާ މުޢާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން ކަނޑައެޅުއްވި ކޮމިޓީއަށްލިބުނު ވީޑިއޯއެއް ކަމަށް ވެސް ވިދާޅުވިއެވެ. "އޭގެ ރޯ ފައިލް މިހާރުވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.

މުޢާޒު ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބަކީ މިހާރުގެ ސަރުކާރު ގެންނަން ޚަރަދު ކުރެއްވި ބޭފުޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދީބު ގެއަށް ބަދަލުކުރައްވައިފައިވަނީ އޭގެ ސަބަބުން ކަމަށް ވެސް ޢުމަރު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މުޢާޒު އެދެއްކެވި ވާހަކަތަކަށްބަލާއިރު މިސަރުކާރު "ކުނިވާން" ފަށައިފި ކަމަށް ބެލެވޭ ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Siyaasee gothunn kommes echchekey kiyaigen verikamuge koilu thereah vadheveyne loavalheh feneytho balaameeheh mi Umar akee. Amilla ah maa molhu meehakah vegen ulhunas rayyithun balaiganna beykaleh noon veema eh faharu majilihah Kuramathi laafa libunu natheejaa in dhe vana faharah kuramathi Laakah nukerun. Mifaharu raees kamah kuramathi laan ulhunuhen ves heevi. Ekamu ...

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.