ފާއިތުވި ފަސް އަހަރަކީ ޙައްޤުތައް ޙިމާޔަތް ނުކުރެވި، ފާލުން ނެއްޓިގެން ދިޔަ ފަސް އަހަރު: ރައީސް

ފޮޓޯ؛ ރައީސް އޮފީސް

ފާއިތުވި ފަސް އަހަރަކީ ރާއްޖޭގައި ޙައްޤުތައް ޙިމާޔަތް ނުކުރެވި ފާލުން ނެއްޓިގެން ދިޔަ ފަސް އަހަރު ކަމގުައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. އަތޮޅުތެރެއަށް ކުރައްވައމުން ގެންދަވާ ދަތުރުފުޅުގައި އއ. ފެރިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވީ ވެތިވެދިޔަ ފަސް އަހަރު ކަންކަން ހިނގި ގޮތާއި މެދު ވިސްނަލަން ޖެހޭ ކަމަށާއި އެފަދަ ގޮތަކަށް ކަންކަން ނުދާނޭ ގޮތަކަށް ރާއްޖޭގެ ނިޒާމުތައް ގާއިމު ކުރަން ޖެހޭ ކަމަށެވެ.

މިއަދަކީ އިންސާނީ ޙައްޤުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެމަނިކުފާނު ވިދާޅުވީ އިންސާފު ލިބުމުގެ މަގު ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްވެފއަި ތިބިކަން އެނގިވަޑައިގެން އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށެވެ. ޙައްޤު ހޮއްދަވައި ދެއްވުމަކީ ރައީސްގެ މަސްއޫލިއްޔަތެއްކަން އެމަނިކުފާޏު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެންމެ ރަށެއް ވެސް ބާކީ ނުކުރާނަން. ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް. ރައްޔިތުން ޙަވާލު ކުރި ޒިއްމާ ފުރިހަމަ ގޮތުގައި އަދާ ކުރުމުގައި މި ސަރުކާރު ދެމި އޮންނާނެ. މި ސަރުާޚރު އުފަންވީ އެ އަޒުމާ އެކު" ރައީސް ވިދާޅުވިއެވެ.

ފެރިދޫގެ ރައްޔިތުން އަސާސީ ގިނަ ކަންކަމުން މަޙްރޫމް ވެފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޮނޑުދޮށް ގިރުމުގެ މައްސަލަ ކަމެވެ. އެހެން ކަމުން ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މާގިނަ ދުވަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ލޯކްލް ޓުއަރިޒަމްގެ މަސައްކަތް ކުރިއަރަމުން އަންނަ އިރު ތިމާވެށީ ޙިމާޔަތް ކުރުމާއި ރަށު ތެރެ ސާފުކޮށް ބޭއްވުމަކީ ފަތުރުވެރިކަން އާލާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ފާހަގަ ކުރެއްވިއެވެ. ރައްކާތެރި ގޮތުގަިއ ކުނި ނައްތާލުމުގެ ނިޒާމެއް ނެތުމަކީ ފަތުރުވެރިަކަމަށް އެޅޭ ހުރަހެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެފަދަ ކަންކަމަށް އިހުމާލު ނުވާނެއެވެ. އަދި ތަރައްގީ އަކީ އުފާވެރި ދިރިއުޅުމުގެ ހުރިހާ ވަސީލަތެއް ގާއިމުވެފައި އޮތުން ކަން ފާހަގަކުރެއްވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރަށަށް މިހާރު މިހާރަށް ބޭނުންވާ ޚިދްމަތްކަން އެނގިވަޑައިގަންނާ  ކަމަށް ރައީސް ވިދާޅުވިއެވެ. ފެރިދޫގެެ ފެނައި ނަރުދަމާ ގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓުގަިއ ހިމަނުއްވާފައިވާ ކަން ފަހަގަކުރައްވަިއ 2019ވަނަ އަހަރު ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ފެށޭނެކަން ރައީސް އިޢުލާން ކުރެއްވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގައި ޚިދްމަތް ދޭވަގުތު 16 ގަޑި އިރަށް އިތުރު ކުރެވިފައިވާީ ނަމަވެސް އޭގެ ސަބުބުން ފައިދާ އެް ނުކުރާ ކަމަށާއި ވަރަށް އަވަހަށް ލެބޯޓްރީގެ ޚިދްމަތް ފަހިވެގެނއދަނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ މިތިބީ އެފަދަ ކަންކަން ޙައްލު ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ރަށްރަށަށް ބޭނުންވާ އަސާސީ ޚިދްމަތް ތަކަކީ މައި ސަރުކާރުެގ ވަޒީރުންގެ ހުއްދަ އާއެކު ކުރެވޭ ކަމަކަށް ހެދުމުން ރަށަށޤ ބޭނުންވާ ޚިދްމަތްތައް އެދެވޭ ގޮތުގައި ފޯރުކޮށް ނުދެވޭ ކަން ފަހަގަކުރެއްވިއެވެ. އަދި ރަށަށް ބޭނުންވާ ކަންކަން އެނގޭނީ ރަށުގެ ރައްޔިތުންނަށް ކަމައި ރައްޔިތުންނާއި ގާތުން ޚިދްމަތް ފޮރުކޯށް ދިނުމުެގ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.