ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މާދަމާ އއ. އުކުޅަހަށް ވަޑައިގަންވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ. މިއީ އިންޓަރނޭޝަނަލް ހިޔުމަން ރައިޓްސް ޑޭ އާ ގުޅުވައިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އުކުޅަހުގެ ކައުންސިލާއި، އެހެނިހެން އިދާރާ ތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރަށް ގެސްޓް ހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކާއި އެހެނިހެން ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވަނީ ކ. ދިއްފުށްޓަށް ވަޑައިގެންފައެވެ. އުކުޅަހަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަޑައިގަންނަވާ ދެވަނަ ރަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.