ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ފޮޓޯ؛ އެމްއެންޑީއެފް

މިއަދު މާލެއަށް ކުރި ވިއްސާރައިގައި ފެން ބޮޑު ވުމުގެ ސަބަބުން ފެން ހިއްކުމަށް ކުރިއަށް ގެންދާ އޮޕަރޭޝާން ކުިރއަށްދާ ގޮތް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ބައްލަވާލައްވައިފިއެވެ. އޮޕަރޭޝަން ކުރިއަށް ދާގޮތް ބެއްލެވުމަށް އެަމަނިކުފާނު ކަޅުތުއްކަލާ ކޮށްޓަށް ވަޑައިގެންނެވީ މިރެގެ ވަގުތެއްގައެވެ.  

މިީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ 160 އާއިލާ އަކަށް ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައިވަ ކަމަށެވެ. އަދި ދެ ގަޑިއެއްހާ އިރު ވާރެ ނުވެހި އޮވެއްޖެނަމަ ފެން ހިއްކާލެވޭ ވަރު ވާނެ ކަމަށް ސިފައިން މައުލޫމާތު ދެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.  

ވިއްސާރަވެ މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އެ މައްސަލަ ހައްލު ކުރުމުގައި ދަތިތަކެއް ދިމާވީ ފެން ހިނދުމަށް ބަހައްތާފައި ހުރި ޕަންޕުތައް ހަލާޚުވެފައި ހުރުމުންކަމަށް ސިފައިން އެމަނިކުފަނަށް މައުލޫމާތު ދެއްވިކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.