އާފަތިސް ބަދިގެ: ކައްޓަލަ އާއި ބަޓާނާ ސޫޕް

ބޭނުންވާނެ ތަކެތި:

2 ޖޯޑު ބައި ބަޓާނާ (ކުދި ބަރަބޯ) އާއި ކައްޓަލަ، ކޮށާފައި (ދެ ބާވަތް އެއްކޮށް 350 ގުރާމް)

3 ޖޯޑު ހޫނު ތަރުކާރީ ސުރުވާ (ނުވަތަ ކުކުޅު ސުރުވާ)

¼ ސައިސަމުސާ ފޮނިތޮށި ޕައުޑަރ

¼ ސައިސަމުސާ ތަކޫވައް ޕައުޑަރ

އަސޭމިރުސް ޕައުޑަރ

4 ސައިސަމުސާ ބަޓަރ މިލްކް  

(ބަޓަރމިލްކް ތައްޔާރު ކުރުމަށް ޖޯޑަކަށް މޭޒުމަތީ ސަމުސަލެއްގެ ލުނބޯ ހުތް ނުވަތަ މޭޒުމަތީ ސަމުސަލެއްގެ ވިނެގަރ އެޅުމަށްފަހު ޖޯދު ފުރެންދެން ކިރު އެޅުމަށްފަހު ރަނގަޅަށް ގިރާށެވެ. ބޭނުން ކުރަންވާނީ 5 މިނިޓް ވަރު ބެހެއްޓުމަށް ފަހު ފަހުއެވެ. ބަޓަރނަޓް އެކި ގޮތްގޮތަށް ތައްޔާރުކުރެވިދާނެއެވެ. މިއީ ބަޓަރމިލްކް ފަސޭހައިން ތައްޔާރު ކުރެވިދާނެ ގޮތެކެވެ.)

ތައްޔާރުކުރާނެ ގޮތް:

ހޫނު ކުކުޅު ސުރުވާގެ ތެރެއަށް ކައްޓަލަ އާއި ބަޓާނާ އަދި ފޮނިތޮށްޓާއި ތަކޫވައް އަޅައިގެން ކައްކާށެވެ. ކެކެން ފެށުމުން، އުނދުން ނިއްވާނުލައި 15 މިނިޓް ބަހައްޓާށެވެ. ނުވަތަ ކައްޓަލަ އާއި ބަޓާނާ ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.

އޭގެ ތެރެއަށް ރަހަލާ ވަރަށް އަސޭމިރުސް އަޅާށެވެ.

ދެން ބްލެންޑަރަކަށް ސޫޕް އަޅައި ޕޫރީ ހަދާށެވެ.

ބްލެންޑް ކުރެވުމުން ކުދި ދެ ބޯތަށްޓަށް ނުވަތަ ސޫޕް ތަށްޓަށް އަޅައި ކޮންމެ ތަށްޓެއްގެ މައްޗަށް ދެ ސަމުސާ ބަޓަރމިލްކް އަޅާށެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.