ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމަށް ޙައްޤު މަގާމު ހުރިހާ ސަރުކާރަކުންވެސް އަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދް ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަން ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވަޙީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، "މަރްޙަބާ ރައީސް މައުމޫން. މަނިކުފާނަށް ޙައްޤު މަޤާމު ހުރިހާ ސަރުކާރަކުންވެސް މަނިކުފާނަށް އަރުވާނެ ކަމަށް އުއްމީދު ކުރަން" ކަމަށެވެ.
ރައީސް ވަޙީދުގެ ޓުވީޓު:
Marhaba Raees Maumoon. Manikfaanah haqq maqaam hurihaa sarukaarakunves manikfaanah aruvaanekamah ummeedh kuran. pic.twitter.com/LcnUS8d74M
— Mohamed Waheed (@DrWaheedH) September 30, 2018
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުޙައްމަދް ޞާލިޙް އިންޠިޚާބު ކާމިޔާބު ކުރެއްވުމުން ޑރ. ވަޙީދުވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އިބްރާހީމް މުހައްމަދު ޞާލިޙް އަށް ހުވައި ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ދައުރުގައި އިންޠިޚާބު އޮންނަ ތާޜީޚަށްވުރެ ލަސްވެފައިވަނީ އެވަގުތު ޙާލަތު މެދުވެރިވި ގޮތުންކަންވެސް ފާހަކުރައްވާފައިވެއެވެ.
Considering this fact and the unavoidable circumstances under which elections got delayed few days in 2013, I urge HEP Yameen to find in his wisdom and generosity to hold swearing in of the President Elect Ibrahim Mohamed Solih on 11 Nov 2018, 50th Anniversary of the Republic.
— Mohamed Waheed (@DrWaheedH) September 27, 2018
ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް މައުމޫން ކަފާލާތުގެ ދަށުން ގެއަށް ބަދަލުކުރެއްވީ މިއަދުއެވެ.