ރައީސް މައުމޫނަށް ޙައްޤު މަގާމު ހުރިހާ ސަރުކާރަކުން ވެސް އަރުވާނެ ކަމަށް އުއްމީދު ކުރަން: ރައީސް ޑރ. ވަޙީދް

ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމަށް ޙައްޤު މަގާމު ހުރިހާ ސަރުކާރަކުންވެސް އަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދް ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަން ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ވަޙީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، "މަރްޙަބާ ރައީސް މައުމޫން. މަނިކުފާނަށް ޙައްޤު މަޤާމު ހުރިހާ ސަރުކާރަކުންވެސް މަނިކުފާނަށް އަރުވާނެ ކަމަށް އުއްމީދު ކުރަން" ކަމަށެވެ.

ރައީސް ވަޙީދުގެ ޓުވީޓު: 

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުޙައްމަދް ޞާލިޙް އިންޠިޚާބު ކާމިޔާބު ކުރެއްވުމުން ޑރ. ވަޙީދުވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އިބްރާހީމް މުހައްމަދު ޞާލިޙް އަށް ހުވައި ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ދައުރުގައި އިންޠިޚާބު އޮންނަ ތާޜީޚަށްވުރެ ލަސްވެފައިވަނީ އެވަގުތު ޙާލަތު މެދުވެރިވި ގޮތުންކަންވެސް ފާހަކުރައްވާފައިވެއެވެ.

ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް މައުމޫން ކަފާލާތުގެ ދަށުން ގެއަށް ބަދަލުކުރެއްވީ މިއަދުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.