މި ޑިޝް އަކީ ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ތައްޔާރުކޮށްލަން ރަނގަޅު ޑިޝްްެ އެކެވެ.
ޗިކެން މެރިނޭޑް އަށް ބޭނުންވާނެ ތަކެތި:
4 ބޯންލެސް/ސްކިންލެސް ޗިކެން ތައި
މޭޒުމަތީ ސަމުސަލުގެ ބައިސަމުސާ އޮލިވް އޮއިލް
3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ރޯ އިނގުރު (ގާނާފައި)
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީ ސަމުސާ އެޕަލް ސިޑަރ ވިނެގަރ
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
½ މޭޒުމަތީ ސަމުސާ މާމުއި
½ މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފައި)
½ މޭޒުމަތީ ސަމުސާ ހަވާދު
1 ސައިސަމުސާ ތައިމް
½ ސަމުސާ ލޮނު
އަސޭ މިރުސް (މުގުރާފައި)
ތަރުކާރީ އާއި ބަތަށް ބޭނުންވާނެ ތަކެތި:
½ ސައިސަމުސާ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ބެލް ޕެޕަރ (ބޮޑެތިކޮށް ކޮށާފައި)
1 ޖޯޑު ރޯ އަލަނާސި
1 ¼ ޖޯޑު ކާށި ކިރު
1 ޖޯޑު ބާސްމަތީ ހަނޑޫ
ތައްޔާރު ކުރާނޭ ގޮތް:
ބޮޑު ބޯތަށްޓަކަށް ކުކުޅު އެޅުމަށްފަހު މޭޒުމަތީ ސަމުސަލުގެ 1 ސަމުސާ އޮލިވް އޮއިލް އަޅާށެވެ. ދެން ސީޒަން ކުރުމަށް ލޮނުމެދު، ސޯޔާ ސޯސް، އެޕަލް ސިޑަރ ވިނެގަރ، ލުނބޯ ހުތް، މާމުއި، ހަވާދު، ފޮނިތޮށި، ތައިމް، ލޮނު އަދި އަސޭ މިރުސް ކޮޅެއް ބޯތަށްތަށް އަޅާށެވެ. ރަނގަޅަށް އަތް ދޮވުމަށްފަހު މި ބާވަތްތަކާއި ކުކުޅު އެއްކުރާށެވެ. ރަނގަޅަށް އެއްކުރެވުމުން މަދުވެެގެން ބައިގަޑިއިރު ނުވަތަ 6 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ފުންތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ އޮލިވް އޮއިލް އަޅައިގެން މެދުމިނުގައި ހޫނުމިން ބަހައްތައިގެން ތެޔޮކޮޅު ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ތެޔޮފޮދުގެ ތެރެއަށް ސީޒަންކުރި ކުކުޅު އަޅާށެވެ. އޭގެ ތެރެއަށް ލޮނު ކޮޅަކާއި އަސޭމިރުން ކޮޅެއް ލައިގެން ކުކުޅަށް ބްރައުން ކުލަ އަރަންދެން ކައްކާށެވެ. 4 މިނިޓް ނުވަތަ ފަސް މިނިޓް ކެއްކުުމުން ރަނގަޅުވާނެއެވެ. ފުށުންޖެހުމަސް ފަހު އަނެއްކާވެސް ހަތަރު މިނިޓް ނުވަތަ ފަސް މިނިތް ވަރު ކައްކާށެވެ. ދެން ތަށްޓަކަށް ކުކުޅުކޮޅު ނަގާށެވެ. ކުކުޅު ހުސްކުރުމަށްފަހު އެތެއްޔަށް ފިޔަ އާއި ރެޑް ބެލް ޕެޕަރ އަޅައި 1 މިނިޓް ނުވަތަ ދެ މިނިޓަށް ކައްކާށެވެ. ދެން އޭގެ ތެރެއަށް ކާށިކިރާއި ހަނޑޫ އަޅައި އެއްކުރާށެވެ. ހަނޑޫ މަޑުވާން ފެށުމުން އޭގެ ތެރެއަށް އަލަނާސި އަޅައި ބަތާއި އަލަނާސި އެއްކުރާށެވެ. ދެން ބަތުގެ މަތީގައި ކުކުޅު އަތުރާލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން 20 ނުވަތަ 25 މިނިޓް ކައްކާށެވެ. ރަނގަޅަށް ކެކުމުން އުނދުން މަތީން ބާލައި ކާން ނަގާށެވެ.
މި ރެސިޕީ އިން ހަތަރު މީހުންނަށް ސާވް ކުރެވޭނެއެވެ.
ރެސިޕީ: އެމްބިޝަސް ކިޗެން އިން