ގައު އަޅާ މެޝިނެއްގެ ތެރެއަށް މީހަކު ވެއްޓި މަރުވެއްޖެ

ލ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ގައުއެޅުމުގެ މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝް މީހަކު ގައުއަޅާ މެޝިންތެރެއަށް ވެއްޓި މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާގައި މަރުވެފައިވަނީ އުރުން 37 އަހަރުގެ މީހެއް ކަމަށެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މޫސާ މަނިކު (ރީކޯ) ލ. އަތޮޅުގައި ހަދަމުންދާ ރަހާ ރިސޯޓުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.