ގަލޮޅު ގެއެއްގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގަލޮޅު ގެއެއްގައި އުމުރުން  61 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

ފުލުހުން ބުނީ މި މިހާ މަރުވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ (12 ފެބްރުއަރީ ވީ ހުކުރު ދުވަހުގެ ރޭ) 22:43 ގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވެސް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.