މަރުވެފައި އޮތް މީހަކު ގަލޮޅު ގެއަކުން ފެނިއްޖެ

ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައިވާ މީހަކު މިއަދު މިއަދު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ޢުމަރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 4:57 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ކަމާބެހޭ ގޮތުން ފުލުހުން އަދި އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ. އެއީ އެކަނި އުޅޭ މީހެއްތޯއާއި ނުވަތަ ބަޔަކާއެކުގައި އުޅޭ މީހެއްތޯވެސް އެނގިފައެއް ނުވެއެވެ. އެމީހާ މަރުވެފައ އޮއްވައި ފެނުނު ގެއަކީ އެމީހާ ދިރިއުޅޭ ގެ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން މިހާރު ގެންދަވަނީ މިމައްސަލަ ތަޙުޤީޤު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.