(22 ޖުލައި 2018 ގައި ޝާއިއު ކުރި ބަޔާއި ގުޅޭ)
ޔޯގަޓަކީ އިސްތަށިގަނޑަށް ފަރުވާ ދިނުމަށްވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ނުވަަތަ އިސްތަށިގަނޑަށް ދިމާވާ މައްސަލަތަކަށް ފަރުވާ ކުރުމަށް ކިރުގެ މި އުފެއްދުމަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
ބޮލުން ހަންފޮޅުން ހުއްޓުވުމަށް:
މި މާސްކަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ މާސްކެކެވެ. ބޮލުން ހަންފޮޅޭނަމަ އޭގެ ސަބަބުން އިސްތަށި ފައިބައެވެ. މި މާސްކް ތައްޔާރު ކުރުމަށް މޭޒުމަތީ ސަމުސަލުގެ 4 ސަމުސާ ޔޯގަޓާއި ލުނބޮއަކާއި 3 ސައިސަމުސާ އޯބަތް (މުގުރާފައި) އަދި ކުޑަ ކާފޫރު ކޮޅެއް ހޯދާށެވެ. މި ހުރިހާ ބާވަތްތައް ރަނގަޅަށް އެއްކުރުމަށްފަހު ބޮލުގެ ތަލައިން ފެށިގެން މުޅި އިސްތަށިގަނޑުގައި އުނގުޅާށެވެ. މާސްކް ބޮލލުގަިއ އެޅުމުގެ ކުރީން ބޮލުގައި ތެޔޮ ލެވިދާނެއެވެ. މާސްކް އެޅުމަށްފަހު ޝަވަރ ކެޕަކުން އިސްތަށިގަނޑު ރަނގަޅަށް ފޮރުވާށެވެ. 45 މިނިޓް ބެހެއްޓުމަށްފަހު ހަރބަލް ޝޭމްޕޫ އަކުން ބޯ ދޮންނާށެވެ. ރަނގަޅު ނަތީޖާ ބޭނުންނަމަ ކޮންމެ ހަފްތާ އަކު އެއްފަހަރު މިފަރުވާ ތަކުރާރު ކުރާށެވެ.
ބަލިކަށި އިސްތަށިގަނޑަށް:
އިސްތަށިގަނޑު ވަރުދެރަވެފައި ހަރުކޮށް އޮންނަ ނަމަ މި އެވަކާޑޯ ޔޯގަޓް މާސްކަކީ އިސްތަށިގަނޑަށް ވަރަށް ފައިދާހުރި މާސްކެކެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭނެ މާސްކެކެވެ. މާސްކް ތައްޔާރު ކުރުމަށްޓަކައި 2 ޔޯގަޓާއި، 1 ވައް ދޮންކެޔޮ، ބައި ޖޯޑު ޔޯގަޓް އަދި ދެ ސައިސަމުސާ މާމުއި ހޯދާށެވެ. އެވަކާޑޯ އާއި ޔޯގަޓް، ދޮންކެޔޮ، އަދި މާމުއި އިން ޕޭސްޓް ތައްޔާރުކުރާށެވެ. ބޮލުގެ ތަލައިން ފެށިގެން މުޅި އިސްތަށިގަނޑުގައި ޕޭސްޓުގެ ފަށަލައެއް އުނގުޅާށެވެ. ޝަވަރ ކެޕަކުން އިސްތަށިގަނޑު ފޮރުވައި 45 މިނިޓް ބެހެއްޓުމަށްފަހު މައިލްޑް ށޭމްޕޫ އަކުން ބޯ ދޮންނާށެވެ.
މި ޔޯގަޓް ރެސިޕީތައް ބޭނުންކޮށްގެން އިސްތަށިގަނޑާއި ހަމަށް ފަރުވާ ދޭށެވެ. ހަންގަނޑާއި އިސްތަށިގަނޑަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެއެވެ.
މައުލޫމާތު ނަގާފައިވަނީ އެންޑީޓީވީ ވެބްސައިޓުން