އިއްތިހާދުގެ ވެރިކަމެއްގައި އިންސާފު ލިބިދެވޭނެ: ހުސައިން މުހައްމަދު

އިއްތިހާދުގެ ވެރިކަމުގައި ރައްޔިތުންނަށް އަދުލު އިންސާފު ލިބިދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ވެރިކަން ކޮށްދެއްވާނީ ހެޔޮލަފާ ރަނގަޅު ވެރިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިއްތިހާދުގެ ވެރިކަމެއްގައި "އިންސާފުން ކަންތައްތައް ކުރައްވާނެ ވެރިއެއް ލިބިދެވޭނެ. ސާބިތު ކަމާއެކު ވޯޓު ދެއްވަން ތިއްބަވާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވެރިކަމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަންވަނީ އިންތިހާއަށް ގޮސްފައި ކަމަށެވެ. އެހެން ކަމުން އެއަށް އާއެކޭ ބުނުމުގެ ބަދަލުގައި ނޫނެކޭ ބުނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެތެރެވަރީގެ ގައުމުތަކުގައި ކޮންމެވެސް ވަރަކަށް ކޮރަޕްޝަން އޮންނަ ކަމަށާއި އެކަމަކު ހައްދުފަހަނަޅައި ދިޔުމުން އެކަމާ ދެކޮޅަށް ނުނުކުމެ ތިބުމަކީ އަމިއްލަ ނަފްސަށް ދެވޭއަނީޔާއެއް ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

"އެތެރެވަރީގެ ކޮންމެ ގައުމެއްގައިވެސް ކޮރަޕްޝަން އޮންނާނެ. އެކަމަކު ކަމެއްގައި ހައްދެއް ނެތިއްޔާ ރައްޔިތުން އެކަމަކަށް ބޯލަނބައިގެން ތިބުމަކީ އެއީ ވެސް ކުށެއް. އެއީވެސް އަމިއްލަ ނަފުސަށް ލިބިގަންނަ އަނިޔާއެއް،" އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ދިވެހިންނަކީ ތަންދޮރު އޮޅުންފިލައިފައިވާ، ކަންކަމަށް ކެރޭ ބައެއް ކަމަށެވެ. "ދިވެހިނަކީ ތަންދޮރު ފިލާ ތިބިބައެއް. މިހާރުގެ މި އަނިޔާވެރިކަން، މިހާރު މި ކޮރަޕްޝަން މިހާރުގެ މި ވައްކަމަށް ނޫނެކޭ ބުނަން މާލަސް ވެސް ވެއްޖެ. މި އަހަރުތެރޭ ތިޔަ ބޭފުޅުން ވިދާޅުވާންވާނެ މިއަށް ނޫނެކޭ، ފުދިއްޔޭ މާބޮޑަށް ވެސް ފުދިއްޖެއޭ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.