ކޮލަމް ކޮށާރު - 57
ހުލިހުލި ކޮތަޅެއް ގިނަ ވެއްޖޭ ކުލި ދެއްކި އަޑެއް ގަދަ ވެއްޖޭ ނުލިބުނު މާޒީ އަތުވެއްޖޭ ދުލި ބޭލި ފަޟީޙަތް އަދު ވެއްޖޭ
ހުލިހުލި ކޮތަޅެއް ގިނަ ވެއްޖޭ ކުލި ދެއްކި އަޑެއް ގަދަ ވެއްޖޭ ނުލިބުނު މާޒީ އަތުވެއްޖޭ ދުލި ބޭލި ފަޟީޙަތް އަދު ވެއްޖޭ
މުރާދުގެ ގެއެއްގައި ތުރާލެއް ނުވޭތޯ ފުރާނައިގެ އާދޭސްތަކެއް އަދު ނުވޭތޯ ބުރައިގެން ހިނގައިދާނެ ޒައްރާ ދޮގެއްތޯ ފުރައިގެން ނުދާ ކަތަކު ނޫޅޭނެ ނޫންތޯ
ހަނދުމަ ނެތިހޭ ހުރީ ދެއްވި ގޮތް ހީލަހީލާ ރިޒުޤު ދެއްވީމަ ތާއޭ ހުރީ ކާލަކާލާ އިޒުނަފުޅަކުން ޖެހޭ ހުރުމަކަށް ރޯލަރޯލާ މިބުނި މަގު ވިސްނަވާށޭ ތިބާ ހޭލަހޭލާ
ވޮށާ ނިވި ދިއްލިއޮތް ވައްޓަރު ދޮށާ ގޮނޑު ވެސް ގިރާ ފުއްޓަރު ފޮށާ ލުހިގޮސް ދަށުން ފައްޓަރު ކޮށާރުން ހުސްވަނީ އޮއްޓަރު
Copyright © 2016 | AAFATHIS Online, published first as a print edition in 1979