އަހަންނަށްޓަކައި މިރޭ އެކަން ކޮށްލަދީ

އޭ އިންސާނާއެވެ. އަހަރެން ބުރިކަށިމަތީގައި ލައްކަ ކުޅިސަމާ ކުޅެފީމުއެވެ. އެކަމުގެ ސަބަބުން އެތައް ގެއްލުމަކާއި ތުރާތަކެއް އަހަނަށް ލިބެމުންދާއިރުވެސް ޗުއްޕް އޭވެސް ނުބުނެ މަޑުމިއޮތީ އަހަރެންގެ ސަބަބުން ތިބާއަށް ލިބޭ އުފާތަކަށް ހުރަސް އެޅިދާނެތީއެވެ.

އިންސާނާއެވެ. އަހަރެންގެ ބުރިކަށި މައްޗަށާއި އަހަރެންގެ ވަށައިގެންވާ ހުރިހާ ދިމާއަކަށް ތިބާ ލައްކަ ވިހަގޭސްތައް ބޭރުކޮށްފީމުއެވެ. އެކި މުހުތާދުތަކަށްޓަކައެވެ. ތިބާ ދަތުރު ކުރުމަށް ބޭނުން ކުރާ އުޅަނދުގެ ދުމުގެ ނުރަކާތެރި ކަމާއެވެ. ތިބާގެ އަމިއްލަބޭނުންތަކަށް  ހިންގާ ކާރުޚާނާ ތަކުން އަހަރެންގެ މުޅި ގަޔަށްބުރުވާލާ ވިހަގޭހުގެ ހިތި ކަމާއެވެ. އޭގެ ސަބަބުން އަހަރެންނަށް ނާވާވެސް ލާން ދަތިވެއްޖެއެވެ. ތިބާގެ އަމިއްލަ އުފަލަށްޓަކަ އަމިއް ފުދުންތެރި ކަމަށްޓަކައި ކުރިމުންދާ އެފަދަ އެއްވެސް ކަމަކަށް ޝަކުވާ ނުކޮށް އަދިވެސް މިއޮތީއެވެ. ތިބާއަށް އެދިވެސް ނުވީނުނުތާއެވެ.

ތިބާ މިހާރު ކުރާކުޑަކުޑަ ކަމަކުން މުޅިގައިގައި ވޭންއަޅަން ފަށައިފިއެވެ. ބުރިކަށިމަތީގައި ކާބަފައިން ހައްދައިފައިވާ ގަސްތައް ތިބާ ކަނޑައިފީމުއެވެ. ލައްކަ ހޫނެއް ވިއެވެ. އަހަރެން ވަށައިގެންވާ މުޅި މާހައުލަށް ލައްކަ އަސަރެއް ކުރުވިއެވެ. އަހަރެންގެ ބުރިކަށިމަތީގައި ދެމިދެމި ތިބި ފެނުގެ އެތައް ކޯރެއް އޭގެ ސަބަބުން ހިނދިގެން ހިނގައްޖެއެވެ. ކަރުތެންމާލާނެހާވެސް ނޭތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކަމަކުވެސް ހިމޭނުން އޮތީއެވެ.

މިއޮތްހާ ދުވަހު ޝަކުވާނުކޮށް އޮވެފައި މިރޭ ޝަކުވާއެއްކޮށްލީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީ މީހުން ކުރިކަމެއްގެ މަތިން ހަނދާންވެގެންނެވެ. އެމީހުން ކުރިކަންތައް ހަނދާނެނެތިއްޔާ އަޑުއަހާށެވެ. އަހަންނަށް އުފުލަންޖެހިފައިވާ ބުރައަށް ކުޑަ ލުއިކަމެއް ގެނެސްދިނީއެވެ. ކޮންމެހެން ބޭނުންކުރަންޖެހޭ ކަރަންޓެއް ފިޔަވައި ބޭނުންނުކޮށް ހުއްޓާލީއެވެ. ކޮންމެހެން ދިއްލަންޖެހޭ ހޮޅިބުރިއެއް ނުވަތަ ބޮއްކެއް ފިޔަވާ އެހެން އެއްޗެހި ނިއްވައިލީއެވެ.

އައެކަމުގެ ސަބަބުން ހަންނަށް ލިބުނު ލުއިކަމެއްގެ ބޮޑުކަމާއެވެ. މިރޭވެސް އެކަމަށް އެބައުންމީދު ކުރެވެއެވެ. އަހަރެންގެ ބުރިކަށިމަތީ އެކި ހިސާބުގައި އުޅޭ މީހުން ސިޑްނީ މީހުންކަންތައް ކުރިގޮތް ބަލައިގެންފިއެވެ. ކޮންމެ އަހަރަކު އެންމެ ގަޑިއިރަކަށް ލައިޓްތައް ނިއްވަން ފަށައިފިއެވެ. މިރެއަކީ މި އައަހަރުގެ އެރެއެވެ. ރާއްޖޭގައިވެސް އެކަން ކޮށްދެއްވާށެވެ. ގޭތަކުގައި އެކަންކޮށްދެއްވާށެވެ. އޮފީސްތަކާއި އެހެނިގެން ވިޔަފާރިތަކުގައިވެސް އެކަން ކޮށްދެއްވާށެވެ. ވަކިވަކި ފަރުދުންވެސް އެކަން ކޮށްދެއްވާށެވެ. އަހަންނަށްޓަކައި އެންމެ ފަސްދޮޅަސް މިނިޓަށް ލައިޓްތައް އޮފްކޮށްލަ ދޭށެވެ. މިރޭ 8:30 އިން 9:30 އަށް އެކަންކޮށްދެއްވާށެވެ. އަހަންނަށްޓަކައެވެ. ތިބާގެ ދުނިޔެއަށްޓަކައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.