"ހަފުތާ 156" ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް، "ހަފުތާ 156" ނަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ، ހުޅުމާލޭ ސެންޓްރަލްޕާކުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ވޭތުވެދިޔަ ތިން އަހަރުދުވަހު ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ހިމެނޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ މިޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި މިހާތަނަށް ހިންގިފައިވާ މުހިންމު މަޝްރޫޢުތަކުގެ ބައެއްފޮޓޯތަކާ، ވީޑިއޯ ވެސް މިރޭ ދައްކާލާފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ޢިއްޒަތްތެރީންނާއި، ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.