ގާނާއިން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ރިޕަބްލިކް އޮފް ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ހައިކޮމިޝަނަރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ގާނާގެ ހައިކޮމިޝަނަރު ވަނީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ފަންނީ އެހެނިހެން ދާއިރާތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 10 އޯގަސްޓު 1989 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.