ޤިޔާމަތްދުވަސް (3)

ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ އަލީގައި

 

( 21 ފެބްރުއަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

އާޚިރަތްދުވަސް

ޔަވްމުންއާޚިރު ، އާޚިރަތްދުވަސް ނުވަތަ ފަހުދުވަހަކީ ، ޤިޔާމަތްދުވަހަށް ދެވޭ އެހެން ނަމެކެވެ. އާޚިރަތްދުވަހަށް ނިސްބަތްކޮށް ، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ، ޤިޔާމަތްދުވަސް ސިފަކުރައްވައި ﷲ ތަޢާލާގެ ވަޙީބަސްފުޅު އައިސްފައި ވެއެވެ.

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 177 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ

މިއާޔަތުގެ މާނަޔަކީ " ހެޔޮކަމަކީ ( ހަމައެކަނި ) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު ، ހެޔޮކަންކުރާ މީހާއީ ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް ، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި ( ޙާލުގައި ޖެހިފައިވާ ) ދަތުރުވެރިންނަށާއި އެހީޔަށްއެދި ސުއާލު ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ޤާއިމް ކޮށް ، ޒަކާތް ދީއުޅޭ މީހާއެވެ. އަދި ޢަހުދެއް ކޮށްފިނަމަ އެއުރެންގެ ޢަހުދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ ، އެއުރެންނެވެ. އަދި ތަޤްވާވެރިންނަކީވެސް ހަމަ އެއުރެންނެވެ. "

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 232 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُم بِالْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِ مَن كَانَ مِنكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

މިއާޔަތުގެ މާނައީ ، " އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެނަމަ ، އެކަނބަލުންގެ ފިރީންނާ  ، އެކަނބަލުން ކައިވެނިކުރުމަށް ހުރަސް ނާޅާށެވެ ! އެއީ ، ހެޔޮގޮތުގައި ، ( އިނދެގެން އުޅުމަށް ) އެއުރެންގެ މެދުގައި ، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ ، ﷲ އަށާއި ، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަޞޭޙަތް ދެއްވާފައިވާގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި ، އަދި ، ޠާހިރު ކަންބޮޑު ގޮތަކީވެސް އެއީމެއެވެ. ( ތިޔަބައިމީހުންނަށް މަޞްލަތު ހުރިގޮތް ) ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެތެވެ. "

ކީރިތި ޤުރްއާނުގެ ތަވްބާ ސޫރަތުގެ 18 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ

މިއާޔަތުގެ މާނައީ ، " ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ ، ﷲއަށާއި ، އާޚިރަތް ދުވަހަށް އީމާންވެ ، ނަމާދު ޤާއިމް ކޮށް ، ޒަކާތް ދީ ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ ، އެއުރެންނަކީ ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ. "

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 130 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ

މިއާޔަތުގެ މާނައީ ، " އެމީހެއްގެ ނަފްސު އިހާނެތި ކޮށްލައިފި މީހަކު މެނުވީ ، އިބްރާހީމުގެފާނުގެ ދީނަށް ނުރުހުންވެ ، އެ ދީނުން ދުރުވެގަންނާނީ ކާކުހެއްޔެވެ ؟ ހަމަކަށަވަރުން ، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި ޚިޔާރު ކުރެއްވީމެވެ. އަދި އެކަލޭގެފާނީ ، އާޚިރަތް ދުވަހުން ޞާލިޙުންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ. "

ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 74 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِ ۚ وَمَن يُقَاتِلْ فِي سَبِيلِ اللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا

މިއާޔަތުގެ މާނައީ ، " އާޚިރަތަށް ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ މީހުން ، ﷲގެ މަގުގައި ހަނގުރާމަކުރާ ހުށިކަމެވެ ! ﷲ ގެ މަގުގައި ހަނގުރާމަކޮށް ، ޤަތުލު ވާމީހާ ، ނުވަތަ ދުޝްމަނުން ބަލިކުރާމީހާ ( ދަންނާށެވެ ! ) ފަހެ ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ. "

ކިރިތި ޤުރްއާނުގެ އަލްޤަޞަޞް ސޫރަތުގެ 83 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ

މިއާޔަތުގެ މާނައީ ، " އެއީ އާޚިރަތުގެ ( ނިޢުމަތުގެ ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް ، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤްވާވެރިންނަށެވެ. "

ކީރިތި ޤުރްއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 64 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ

މިއާޔަތުގެ މާނައީ ، " މިދުނިޔޭގެ ދިރިއުޅުމަކީ ، ކުޅިވަރެއް ކަމުގައްޔާއި ، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން ، ޙަޤީޤީ ދިރިއުޅުންވަނީ ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ. "

މިއީ ، އާޚިރަތްދުވަސް ނުވަތަ ފަހުދުވަހުގެ ގޮތުގައި ، ކީރިތި ޤުރްއާނުގައި ޤިޔާމަތްދުވަހުގެ ނަންގަނެވިފައިވާ އާޔަތް ތަކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.