އަމާޒަކީ ހަވާލުކުރި ހުރިހާ މަޝްރޫއެއް މިއަހަރު ނިންމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްަވަމުން ވިދާޅުވީ ފެނާއި ނަރުދަމާގެ 27 މަޝްރޫޢެއްގެ މަސައްކަތް އެކުންފުންޏާ ވާލުކޮށްފައިވާކަމަށެވެ. އަދި އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކުރިން ފަށާ، ހުއްޓިފައިހުރި މަޝްރޫޢުތައް ކަމަށެވެ.
އެެހެންވެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށްކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ ރަށްތަކުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށާއިހުއްޓުމުއްނެތި މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
