އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ގާއިމުކުރި 5000 ޓަނުގެ އާރްއޯ ޕްލާންޓު ބޭނުންކުރަން ފަށައިފި

އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ގާއިމުކުރި 5000 ޓަނުގެ އާރްއޯ ޕްލާންޓު ބޭނުންކުރަން ފަށައިފިއެވެ.

އެ ކުންފުނިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ޤާއިމްކުރި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ފެން ޕްލާންޓް ބޭނުންކުރަން ފެށުމުން މާލެ އާއި ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން ހަރުދަނާވެގެން ދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ހާއްސަކޮށް ރަމަޟާން މަހަކީ ފެނުގެ ޑިމާންޑް ބޮޑު މަހަކަށްވުމުން މި ޕްލާންޓާއެކު ޑިމާންޑާ އެއްވަރަށް ފެންފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

މާލެ އަދި ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ އިމާރާތުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެ މަސައްކަތުގެ ދަށުން އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު 5000 ޓަނުގެ ފެން އުފައްދާ އެއް ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ވަނީ ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.