ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ރީލޯޑަކާއެކު ހިލޭ ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 1 ޓީބީގެ ޑޭޓާ، ނުވަތަ 10 ޑޮލަރުގެ ސްޕޮޓިފައި ގިފްޓް ކާޑެއް، ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މި ގޮތުން، ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1 ޓީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރިލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސް.އެމް.އެސް ލިބޭނެއެވެ. މި ގޮތުން، މެސެޖު ލިބޭތާ 3 ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް 3 މަސް ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެއް ހަފުތާގެ މުއްދަތަށެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
