ދިރާގުން މީޑިއާނެޓްއާއި ގުޅިގެން އެމް.ޓިވީ މޮބައިލް ސްޓްރީމިންގގެ ހިދުމަތް ތައާރަފުކޮށްފި

ދިރާގުން މީޑިއާނެޓްއާއި ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުންވަގުތަކު ބަލާލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާއިއެކު އަގުހެޔޮކޮށް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކި އެކި ބޭނުންތަކަށް ބިނާކޮށެވެ. އެގޮތުން 1 މަސްދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ހިޔާރުކުރެވޭ މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50 ރުފިޔާއިންނެވެ.

މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމް.ޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް 'ސަބްސްކްރައިބް' އަށް ފިއްތާލުމުން ވަގުތުން ހިދުމަތް އެކްޓިވޭޓްވާނެއެވެ. މި ހިދުމަތުގެ ފައިސާ ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަންވެސް ލިބިގެންދާނެއެވެ.

ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުމެވެ. މިއީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާގެ އެންމެ އިސް ކުންފުނީގެ ގޮތުގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.