އެމް.ޑަބްލިޔު.އެސް.ސީ އިން މޯލްޑިވްސް ބްލަޑް ސަރވިސް އާ ގުޅިގެން، ުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން މިހާރު އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސ.ސީ ގެ ފަރާތުން ފޯރުކޮށްދިނުމެވެ.
އެއާކު މިކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މީހުން ހޭލުންތެރިކުރުވުމެވެ. އަދި ހަމަ އެހެންމެ، ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.
އެކުންފުނީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެއްވަމުން އަންނަ އެއްބާރުލުމަށް ފާހަގަކޮށް ވަނީ ޝުކުރުދަންނަވާފައެވެ.
