ކުރީގެ ރައީސް ޑރ. ވަޙީދު، ސްޕެޝަލް އެންވޯއީގެ މަޤާމުން އިސްތިޢުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.

ރައީސް ވަހީދު އިސްތިއުފާދެއްވި ސަބަބެއް ކަށަަވަރުވެފައި ނުވާ އިރު، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމަށް، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ރާއްޖޭގެ ރައީސަކު ބައްދަލުކުރި ކަމަށް ބުނާ އީމެއިލެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ލީކުވެފައެވެ. އޭރު ވެސް ބައެއް ފަރާތްތަކުން ވަނީ އެއީ ރައީސް ވަހީދު ކަމަށް ތުހުމަތުކޮށްފައެވެ.

އެ ވާހަކަތައް ދެކެވެމުން ދަނިކޮށް، ދާދިފަހުން ވަނީ ރައީސް ވަހީދާ ބައްދަލުކުރެއްވުމަށް އެޕްސްޓެއިން ދައުވަތު ދީފައިވާ އީމެއިލެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ލީކުވެފައެވެ.

ރައީސް މުއިއްޒު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި 26 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.