ސިލޯނާ އެކު ދިވެހީން، ޓެލެތޯން ޝޯ ރަސްމީކޮށް ނިމިއްޖެ

ރާއްޖޭގެ އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ކާރިސާއާ ގުޅިގެން  ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދިޔަ "ސިލޯނާ އެކު ދިވެހީން" ޓެލެތޯން ޝޯ ރަސްމީކޮށް ނިމިއްޖެއެވެ.

 ސިލޯނާ އެކު ދިވެހީން" ޓެލެތޯން ޝޯ ރަސްމީކޮށް ނިންމުމަށް ޓަކައި މިއަދު ހަވީރު ޓީވީއެމްގައި ބޭއްވުނު ރަސްމިއްޔާތުގައި ޕީއެސްއެމާއި ބައެއް މީޑިއާތަކުގެ ފަރާތުން ވާހަކަދެއްކެވިއެވެ. ވާހަކަދެއްކެވި ހުރިހާ ބޭފުޅުން، މި ހަރަކާތުގެ ކާމިޔާބީ ފާހަގަކުރައްވައި މިކަމުގައި ބައިވެރިވަޑައިގެންދެއްވި އެންމެހައި ދިވެހި ރައްޔިތުންނަށާއި މުއައްސަސާތަކަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ދިވެހީންނާއި ސިލޯނާ އޮތް ގާތް ގުޅުން ފާހަގަކުރެއްވިއެވެ.  މި ހަރަކާތުގައި ބައިވެރިވި އެހެން މީޑިއާތަކުން، ޕީއެސްއެމުން އިސްނަން ނަންގަވައިގެން މިފަދަ ޓެލެތޯނެއް ކުރިޔަށް ގެންދެވީތީ، އެކަން ފާހަގަކުރައްވައި ޕީއެސްއެމަށް ޝުކުރު އަދާކުރެއްވިއެވެ.

ރަސްމީކޮށް ޓެލެތޯން ނިމުނު ނަމަވެސް، މި ހަރަކާތުން ލިބުނު ފައިސާގެ ސާފު ހިސާބުތައް ނިންމެންދެން، ޓީވީއެމުން ވަގުތުން މައުލޫމާތުތައް ގެނެސްދެމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޓެލެތޯނުގެ އޮޑިޓް ފާމުކަމުގައިވާ ކްރޯ މޯލްޑިވްސްއިން މިހާރު ގެންދަވަނީ، އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ފޮށިތަކަށް ލިބިފައިވާ އެހީގެ ފައިސާ ގުނުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

 މިހާތަނަށް ހިސާބުން ފެންނަން އޮތް އަދަދު ދައްކާ ގޮތުން،  11،015،854.65 ދިވެހި ރުފިޔާއާއި 43،681.31 ޔޫއެސް ޑޮލަރު ވަނީ ހަރަކާތަށް ލިބިފައެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.