ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފިއެވެ.
މި ގޮފި ހުޅުވައިދެއްވީ މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިން އަދި ކައުންސިލްގެ ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.
މި ސެންޓަރުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުނުއިރު، މާލެއިން ބޭރުގައި ގާއިމުކުރި ފުރަތަމަ އިސްލާމީ ކުތުބުޚާނާވެސް ވަނީ އެތަނުގައި ގާއިމްކޮށް ހުޅުވާފައިވެއެވެ.
