މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ޗައިނާގެ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިންހުއާ އަދި ދެވަނަ ސެކްރެޓަރީ މިސް ޗީ ޖުންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ ދެޤައުމުގެ ދެމެދު ގާތް ގުޅުމެއް ބިނާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. ޚާއްސަކޮށް، ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ޗައިނާއާއެކު މިފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ބޭނުންފުޅުވާކަން ފާޅުކުރައްވާފަވެއެވެ. ޗައިނާ ސަފީރު ކޮންގް ސިންހުއާވެސް ވަނީ ދެގައުމުގެ ދެމެދުގައި މިހާރަށްވުރެ ގާތް ގުޅުމެއް ބިނާކޮށް، ތިމާވެއްޓަށް ފައިދާހުރި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން، ރާއްޖެއާއި ޗައިނާގެ ތިމާވެށީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.
