އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިވަނީ

ހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 09:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ފުރާޅު ވަޔާ އެއްލާލި އައްޑޫ ސިޓީ، މީދޫ ރޯޒްވިލާގޭގެ ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، މި މަސައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަސައްކަތް ނިންމާލެވިފައި ވަނީ މިއަދު 10:09 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.