ކާށިދޫއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

ކ. ކާށިދޫންމީހަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑީއާއިން މައުލޫމާތު ދެއްވި ގޮތުގައި އެމީހާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ހިސާބުން އެރަށު ކައުންސިލާއި، ފުލުހުންނާއި، އެރަށުގެ ރައްޔިތުން ގުޅިގެން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ހަވީރު ރިޕޯޓު ކުރިޔަސް އޭނާ ގެއްލިފައިވަނީ ހެނދުނު ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. ފުލުހުން ވިދާޅުވީ އޭނާދިޔަތަނެއްވެސް ދިޔަ ދިމާއެއްވެސް އެނގޭ މީހަކާ އަދި ދިމާނުވާކަމަށެވެ.

މިއަދު މެންދުރު ގަޑީގައި އެރަށު ބޮޑުމަހުން އޭނާ ފެނުނު ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.