
އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ވިއްކަން ނެރެފިއެވެ.
މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެކެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލްސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.