ކައުންސިލްގެ ދަށުން ހިންގާ ތަންތަނުގެ އޭސީތައް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަނީ

މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ދަށުން ހިންގާ އޮފީސްތަކާއި މިސްކިތްތަކާއި ޕާކުތަކުގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފު ކުރުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ، އަންނަ ބުދަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.

މީގެ އިތުރުން މި މަސައްކަތުގެ އަގު ހުށެހެޅުން އޮންނާނީ، ޖުލައި މަހުގެ 22 ވަނަ ދުވަހު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.

މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.