ހޮންކޮންގް މުބާރާތުން މެޑަލް ހޯދި ނެޓްބޯޅަ ދެ ޓީމާ ވަޒީރު ބައްދަލުކުރައްވައިފި

ހޮންކޮންގް ޗެލެންޖް ކަޕް 2025ގައި ޤައުމީ ނެޓްބޯލް ސީނިއާ އަދި 21 އަހަރުން ދަށުގެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު ދެ ޓީމަށް މަރުހަބާ ދަންނަވައިފިއެވެ.

ހޮންކޮންގް ޗެލެންޖްކަޕް 2025 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ހެންވޭރު ބޯޅަގޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ ކުޅުންތެރިންނާއި ޓީމުގެ ކޯޗުންނާއި އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވާ ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މިމަހުގެ 5-8 އަށް ހޮންކޮންގްގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ސީނިއަރ ނެޓްބޯޅަ ޓީމުން ދެވަނަ ހޯދިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންކޮންގްއެވެ. ހޮންކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައެވެ.

ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމު ވަނީ ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންކޮންގް، ޗައިނީޒް ޓައިޕޭ އަދި އިންޑިއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.