
ނޭޝަނަލް ތެރަޕިއުޓިކް ޕްރޮޓޮކޯލްސްތައް އާންމުކޮށްފިއެވެ.
ނޭޝަނަލް ތެރަޕިއުޓިކް ޕްރޮޓޮކޯލްސްތަކަކީ އެކި ބާވަތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ދެވޭ ތެރަޕީތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ޢާންމުކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ މިންގަނޑުތަކެކެވެ.
މި ޕްރޮޓްކޯލްތަކުން ޅަފަތުގައި ދިމާވާ އެކިއެކި ބަލިތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުވާދިނުމުގައި އެންމެ އެކަށީގެންވާ ޒަމާނީ އުސޫލުތަކާ އެއްގޮތަށް ފަރުވާގެ ކަންކަން ރޭވުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ ސަބަބުން ފަރުވާ ދޭ ފަރާތްތަކަށް އެހީތެރިކަން ލިބި، ފަރުވާ ލިބިގަންނަ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ލިބިގެންދާނެއެވެ.
މި ޕްރޮޓޮކޯލްސްތައް ތައްޔާރުކޮށްފައިވަނީ ސިއްޙީ ވުޒާރާ އާއި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއާއި ގުޅިގެންނެވެ. މި ގޮތުން ތައްޔާރުކުރެވިފައިވާ ޕްރޮޓޮކޯލްތަކުގެ ތެރޭގައި ސައިކޮލޮޖިކަލް އިންޓަރވެންޝަން، ފިޒިއޮތެރަޕީ ،އަރލީ އިންޓަރވެންޝަން، ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެއެވެ.
މި ޕްރޮޓޮކޯލްސްތަކުގެ ލިންކުތައް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.