މާލެ ސިޓީގައި ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި

ނިިމިދިޔަ ރަމަޟާން މަހު މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރި ޒުވާން އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އިމާމުންނާއި ޙާފިޡުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ޒުވާން އިމާމުންނާއި ޙާފިޡުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާ ކުރައްވާ އަދި ހިއްވަރު ދެއްވާފައެވެ. އަދި މި ރޮނގުން ކުރިއަށް ދިއުމަށް ގިނަ ނަސޭޙަތްތަކެއް ވަޒީރު ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.