
ތ އަތޮޅުގައި މިމަހު ޑަޔަލިސިސް ގެ ޚިދުމަތް ފަށުމަށް ނިންމައިފިއެވެ.
މިނިސްްޓްރީން އަންނަ ހަފްތާގައި މި ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ތ އަތޮޅުުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންޑޫގައެވެ.
މީގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.
ޑަޔަލިސިސްގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ،އދ،ވ،މ،ފ އަދި ދަ އަތޮޅެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ.