
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ހއ.އަތޮޅު ހަތް ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ހއ އަތޮޅުން ތަކަންދޫ، އުތީމު، މާރަންދޫ، މުރައިދޫ، ތުރާކުނު، އުލިގަމު، އަދި މޮޅަދޫގައި ވެސް ވަނީ މި ޚިދުމަތް ފަށާފައެވެ. އަލަށް ޚިދުމަތް ފެށުނު ހަތްރަށާއެކު ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. އަދި މިއީ އޭ.ޓީ.އެމްގެ ޚިދުމަތް ފުރިހަމަކުރެވުނު ދެވަނަ އަތޮޅެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.